އިއްތިހާދު އެއަވޭސްގެ އާ މޫނަކީ ނިކޮލް ކިޑްމަން

އިއްތިހާދު އެއަވޭސްގެ އާ މޫނުގެ ގޮތުގަ ހަމަޖެހިގެނެްދިޔަ ހޮލީވުޑްގެ ތަރި ނިކޮލް ކިޑްމަން މަތިންދާ ބޯޓުގަ ދަތުރުކުރުމަށް ހިންހަމަޖެހޭ ކަމުގަ ބުނެފި އެވެ.
އަބޫ ދާބީގެ އިއްތިހާދު އެއަވޭސްގެ ލަގްޒަރީ ސުއިޓްގެ އިޝްތިހާރު ކެމްޕޭން ''ފްލައިން ރީއިމޭޖިންޑް'' ގެ އިޝްތިހާރެއް ދާދިފަހުން އޮސްޓްރޭލިއާގެ ބަތަލާ ނިކޮލް ވަނީ ކުޅެފައެވެ.
އުމުރުން 47 އަހަރުގެ ނިކޮލް މީޑިޔާގަ ބުނެފަވަނީ ''އަހަރެން ފްލައިކުރަން ޝަައުގުވެރިވޭ. އަަހަރެން މަތިންދާ ބޯޓަށް ޝައުގުވެރިވޭ. އެއްތަނުން އަނެއް އަވަހަށް އޭގަ ދެވޭތީ އަހަރެން އުފާވޭ. ބޯޓަށް އެރުމަކީ އަހަރެން ވަރަށް އެކްސައިޓް ވާކަމެއް. މަތިންދާ ބޯޓުގަ ދަތުރު ކުރުމަށް ޝައުގުވެރިވާ މީހުންގެ ތެރޭގަ އަހަރެން ހިމެނޭނެ. އެމީހުން އަހަރެން ގާތު ދަ ރެސިޑެންސްގަ ޝޫޓްކޮށްދިނުމަށް އެދުމުން އަހަރެން ލަސްކުރުމަކާނުލާ އާނއެކޭ ބުނީ،'' ނިކޮލް ވަނީ އޭނާ ކުޅެފަވާ އިޝްތިހާރު ބެލުމަށް ކެތްމަދުވެފައެވެ.
އޭ 380 މަތިންދާ ބޯޓުގެ ތިން ބެޑްރޫމް ސުއިޓްގެ އިޝްތިހާރުގަ އޭނާއަށް އެކަނި އެ ސުއިޓް ބޭނުން ކުރާނެ ގޮތެއް ނޭނގި އުޅޭގޮތް ދައްކައެވެ.
ނިކޮލް އިތުރަށް ބުނީ ''އަހަރެން އެއިޝްތިހާރު ބަލަން މިހިރީ ކެތްމަދުވެފަ. ސަބަބަކީ އެއީ އެޕާޓްމަންޓަކަށްވާތީ. އަހަރެން ހަތަރު ދުވަހު ޝޫޓިން ހެދިން.''
ނިކޮލް ދާދިފަހުންވަނީ ޖޫލިއާ ރޮބަޓްސް އާއެކު އޭނާ ކުޅެފަވާ ފިލްމު ''އިން ދަ އައިސް'' ގެ ޝޫޓިން ނިންމާފައެވެ.
ނިކޮލް އޭނާގެ ދެ އަންހެންކުދިން ކަމުގަވާ އުމުރުން 6 އަހަރުގެ ސަަންޑާއީ ރޯސް އަދި އުމުރުން 4 އަހަރުގެ މާގަރެޓް އާ އޭނާގެ ފިރިމީހާ ކެއިތް އާބަން އާއެކު ވައިގެ މަގުން ދަތުރު ކުރުމަކީ އާންމު ކަމެކެވެ.
ފަސް ފިލްމެއްގެ ޝޫޓިން ހެދުމަށާ ޕްރޮމޯޓް ކުރުމަށް މިއަހަރު އޭނާ ދުނިޔޭގެ އެކިކަންކޮޅު ތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ