މިސްރުގެ ރައްޔިތުން ބޭނުންވަނީ އިސްލާމީ ޝަރީޢަތް ޤާއިމުކުރަން – މިޞްރުގެ ރައީސްގެ އެޑްވައިސަރ

މިސްރުގެ ރައްޔިތުން ބޭނުންވަނީ އިސްލާމީ ޝަރީޢަތް ޤާއިމުކުރަން – މިޞްރުގެ ރައީސްގެ އެޑްވައިސަރ މިޞްރުގެ ރައީސް މުރްސީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުރި ބައްސާމް އައް-ޒަރްޤާ ވިދާޅުވިގޮތުގައި މިޞްރުގެ ރައްޔިތުން ތިބީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ވަރަށްބޮޑަށް ބޭނުންވެފައެވެ، އަދި ހަމައެކަނި އޭގެ އަސްލުތަކެއްނޫނެވެ.އެލެކްސެންޑްރިއާގެ ސަލަފީ ނޫރު ޕާރޓީގެ ސެކްރެޓަރީކަމާއި ޤާނޫނުތައް ލިޔުމުގެބައިގެ މެމްބަރުކަންވެސް އަދާކުރަމުންދާ ޒަރްޤާ، ލަންޑަންގެ އަޝަރޤު އަލް-އަސްވަތަށް ނޫހަށް ހާމަކުރިގޮތުގައި މިސްރުގެ ރައްޔިތުންގެ އަޤުލަބިއްޔަތު އިސްލާމީ ޝަރީއަތް ޤާއިމުކުރަން ބޭނުންވިނަމަވެސް އެތަނުގެ ޤާނޫނު އަސާސީގެ ދެވަނަ އާރޓިކަލް ބުނާގޮތުން ޤާނޫނުތައް ހެދުމުގައި ބަލަނީ މައިގަނޑުގޮތެއްގައި ޝަރީޢަތުގެ އަސްލުތަކަށް ބަލައިގެންކަމުގައެވެ. އެބޭފުޅާވިދާޅުވިގޮތުގައި “އަސްލުތައް” މި ބަހުން ތަފާތު މާނަތަކެއް ނެގިދާނެއެވެ، މީގެތެރޭގައި ޤާނޫނީ ކޯޓަކުން ބަޔާންކުރިފަދައިން މި އަސްލުތަކުން ވަކިގޮތެއް ނިންމޭފަދަ ހެކި ބޭނުންވެއެވެ، އަދި މިކަމުގެ ސަބަބުން ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، މައްސަލަތަކުގައި ކަނޑައެޅިފައިވާ ހުކުމް ތަކަށް އަދި ޤުރުއާނުންބަޔަކަށްވެސް ސަމާލުކަންދެވޭލެއް ކުޑަ ވެދާނެކަމުގައި އެބޭފުޅާވިދާޅުވިއެވެ. އަދި ހަރުދަނާނޫން ގޮތަކަށް ބަޔާންކުރެވިފައިވާ އެއްޗެއްސާ ދެކޮޅުހަދާކަމުގައި އެބޭފުޅާވިދާޅުވިއެވެ.މިޞްރުގެ އާ ޤާނޫނު އަސާސީއާބެހޭގޮތުން ޒަރްޤާ ވިދާޅުވީ އޭގެ 95 އިންސަތަ އާރޓިކަލްތަކަށް އިއްތިފާގުން ފާސްވާނެކަމަށާއި، ދެ ތިން އާރޓިކަލްއަކާ ބެހޭގޮތުން ހިޔާލުތަފާތުވުން އުޅޭކަމަށާއި، މީގެ ތެރޭގެއި 2 ވަނަ އާރޓިކަލް ހިމެނޭކަމުގައެވެ.ޒަރްޤާ އާއި ރައީސް މުރްސީ އާއި ބޭއްވިފުރަތަމަ ބައްދަލުވުމުގައި ވެރިކަން ހިންގުމުގެ ބާރު އެކެއްގެ އަތުގައި އޮތްއޮތުން އެކުގައި މަސައްކަތްކޮށްގެން ހިންގުމުގެ ނިޒާމަކަށް ބަދަލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި އެޑްވައިޒަރުންނާއި، އެހީތެރިން ރައީސްއަށް ނަސޭހަތްތެރިވާނެގޮތުގެ މައްޗަށް އަލި އަޅުވާލެވިފައިވެއެވެ.ރައީސް އެކުލަވާލި ޓީމްގެ މަޤާމާއި ބެހޭގޮތުން އެބޭފުޅާ ވިދާޅުވީ، އެނާ ހޮވިފައިވަނީ އިންވެސްޓުމެންޓާއި ގުޅުންހުރި ސިޔާސީ މައްސަލަތަގުގައި އެޑްވައިޒަރެއްގެ ގޮތުގައިކަމަށާއި، އަދި ރައީސްގެ މުވައްޒަފުންނަކީ ކަންކަން ތަންފީޒުކުރުމުގެ ބާރު ނެއް ހަމައެކަނި ނަސޭހަތްތެރިވާ ބައެއްކަމުގައެވެ.ޒަރްޤާ ހާމަކުރއްވިގޮތުގައި ރައީސް މުރްސީ ވަނީ އެޑްވައިޒަރުންނަށް ސިނާއީގެ އަސްކަރީ ހަރަކާތްތަކާއި ބަހޭގޮތުންނާއި، އިރާން އާއި ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި ބެހޭގޮތުން އަދި އެމެރިކާއަށް ކުރައްވަން އޮތް ދަތުރުފުޅުތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ