ކަރަންޓު ކެނޑިފައިވަނީ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއްވަނީ ނިވިފައެވެ. އަދި މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހިފައިވާ ކަމަށާއި މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
އަދި ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ދިމާވާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ