މި ސަރުކާރުން ހިންގާ އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުވުމަށާއި، މަޖިލީހުގެ އެއްވެސް ޖަލްސާއެއްގަ އާއި ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް ގޮވާލައި ޤައުމީ މަޖިލީހުގެ މެމްބަރުން ވާހަކަދައްކައި، ޤަރާރެއް ފާސްކޮށްފިއެވެ. މިޤަރާރަކީ ވަރަށް ވިސްނާފަ ޖަހާލި މަޅިއެއް ކަމަށް އެމް.ޑީ.ޕީ ގެ ވަރަށް ވިސްނުން ތޫނު ކަމަށް ބުނާ ބޭފުޅަކު އަޅުގަނޑަށް ކިޔާދިނެވެ. އޭނާ ބުނީ މިފަހަރު މިޖެހި މަޅިން ނެއްޓެން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އުފެދޭ ތަފާތު މައްސަލަތަކުގެ އެޑްވާންޓޭޖް ނަގާނެ ކަމަށެވެ. އަހަރެންނަށް ހެވުނީމަ އޭނާ ކުޑަކޮށް ރުޅިއަންނަ ގޮތް ދައްކާލީމަ އަހަރެން ހިނުން ހުއްޓަލީއެވެ.
އަހަރެންގެ އެމް.ޑީ.ޕީ ރަހުމަތްތެރިޔާ ކިޔާދިން ގޮތުގަ މިހާރު ޕާޓީއަށް އެންމެ ބޮޑަށް އުނދަގޫ ވަނީ ރީކޯ މޫސަ ޖަހާ ސަކަރާތުންނެވެ. އޭނާ ބޭނުންވަނީ ޕާޓީގެ ބައެއް މެމްބަރުން ބޭނުން ކޮށްގެން އަންނިގެ ދުވަސް ދުއްވާލާށެވެ. 2008 އިންތިޚާބުގަވެސް އަންނި ހޮވުނަ ނުދޭން އޭނާ ތަފާތު ރޭވުންތައް ރޭވިކަން އަންނިއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ރީކޯ މޫސަގެ ވާހަކަ އަންނި އޮތީ އެއްރޭ އަހަރެމެންގެ ޓީމަކަށް ކިޔާދީފައެވެ. އެހެންވީމަ މޫސައަށް އަދި މާބޮޑު ސަކަރާތެއް ނުޖެހޭނެއެވެ. މާކަނަތައް ފަލަވާނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފަ މޫސަ ފެއިލް ކޮށްލާ ގޮތަށް މިހާރުވެސް ވަނީ ޕްލޭން ކޮށްފައެވެ. ވަރަށް ސީރިއަސްކޮށް މިހުރިހާ ވާކައެއް ކިޔާދީފަ އޭނާ ބުނީ އަހަރެންގެ ނަން ހާމަ ނުކޮށް މީޑިއާގަ މިވާހަކަތައް ޖެހިއަސް އެންމެ ރަނގަޅު ކަމަށެވެ. އެހެން ކަމުން މިވާހަކަތައް މި އާންމު ކުރަނީ އޭނާގެވެސް ހުއްދައާއި އެކުގައެވެ. އޭނާ ހުއްދަ ނުދޭންވި ސަބަބެއްވެސް ނެތެވެ. އޭނާ އަކީ އެމް.ޑީ.ޕީ ގެ އިސް ސަފުގަ އުޅުނަސް އެ ޕާޓީގެ އެންމެ ސިއްރު ވާހަކަތައް އެހެން ފަރާތަކަށް ސަޕްލައި ކޮށްދޭ ފަރާތެކެވެ. އަދި އެފަރާތުގެ މުސާރަވެރިއެކެވެ.
އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ހަސަން އަފީފު ޤަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، ގައުމީ މަޖިލީހުން މިގޮތަށް ޕީޖީ ގްރޫޕަށް ހުށަހަޅަނީ ކޯނީ ރިޕޯޓުގެ އެއްބައި ބަލައިގަނެ ޤާނޫނާ ހިލާފް އަމަލުހިންގި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުން ކަމަށެވެ.
މުޙައްމަދު ޝިޙާބް ތާޢީދުކުރެއްވި މިޤަރާރްގައި ވަނީ، ކޯނީގެ ރިޕޯޓްގައި ކުރުމަށް އިރުޝާދުދެއްވާފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ މަސައްކަތްތަކުގައި މި ޕާޓީ ގެ ޕާލިމެންޓަރީ ގްރޫޕުން ވެލެއްވި އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާ އަރުވާކަމަށެވެ. އަދި ކޯނީ ގެ ރިޕޯޓް ގައި އިރުޝާދު ދެއްވާފައިވާ ކަންކަން ހާޞިލްކުރެއްވުމަށް މަސައްކަތް ނުކުރައްވައި އެހެން އެއްވެސް މަސައްކަތެއް ކުރެއްވުމަކީ ރައްޔިތުންނަށް ކުރެއްވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެތީ، އެކަންކަން ކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކުރެއްވުމުން ނޫނީ، 2013 ވަނަ އަހަރަށް ހުށަހެޅޭ ބަޖެޓް ގެ މަސައްކަތްތަކުގައި ފިޔަވައި އެ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއްގައި މި ޕާޓީގެ ޕާލިމެންޓަރީ ގުރޫޕް ގެ އެއްވެސް މެމްބަރަކު ބައިވެރިވެ ނުލެއްވުމަށެވެ.
އަހަރެންގެ ރަހުމަތްތެރިޔާ ކިޔާދިން ގޮތުގަ ޕީޖީ ގްރޫޕަށް މި ޓާސްކް ހަވާލުކުރުމުގެ ފަހަތުގަވެސް ވަރަށް ބޮޑު ސިއްރެއް އެބައޮތެވެ. އެއްކަމަކީ އިބޫ ޓެސްޓް ކޮށްލުމެވެ. އަނެއް ކަމަކީ އެމް.ޑީ.ޕީ އިން ވަކިވެގެން އެހެން ޕާޓީތަކަށް ގުޅެން މިހާރު ރެޑީވެފައިވާ ބައެއް މެމްބަރުން ޓެސްޓްކޮށްލާ އެމީހުންގެ މިހާރުގެ ރޭވުން ފްލޮޕް ކޮށްލުމެވެ. އަދި އެމް.ޑީ.ޕީގެ އެކްޓިވިސްޓުންގެ އަމާޒަކަށް އެމީހުން ހެދުމެވެ. އަންނި ވަށައިގެން މެމްބަރުންތައް އެނބުރު ނަމަވެސް އެމީހުންނަށް އަންނި އިތުބާރެއް ނުކުރެއެވެ. އެހެންވީމަ އަބަދުވެސް އެމީހުން ޕްރެޝަރގަ ތިބޭނެ ގޮތަށް ކަންކަން ރޭވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރަޙުމަތްތެރިޔާ ކިޔާދިނެވެ.
ރަހުމަތްތެރިޔާ ވަރަށް ގިނަ ވާހަކަ ކިޔާދިނެވެ. ބައެއް ވާހަކަތައް މިވަގުތަށް ފަސްކޮށްލަން ގަސްދުކުރާތީ އެވާކަތައް ނުގެނައީއެވެ. ނަމަވެސް ކޮންމެވެސް އެހެން ފަހަރަކުން އެވާހަކަތައްވެސް ހާމަކޮށްލާނަމެވެ.
ކޯނީގެ ރިޕޯޓާއި ގުޅުން ހުރި ސިޔާސީ ޕާޓީ ތަކާއެކު ސަރުކާރުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދެވި މަޝްވަރާތަކުން އެމް.ޑީ.ޕީ ވަކިވީ މިކަން ކުރަންވެގެންނެވެ. ރައްޔިތުންނާ ސަރުކާރު އަބަދު ޕްރެޝަރުގަ ބޭތިއްބުމަށެވެ. އަންނި ބުނާ ގޮތުގަ އިންތިޚާބު ކާމިޔާބުކުރަން އޮތް އެންމެ ފަސޭހަ މަގަކީ އެއީއެވެ.
ރަހުމަތްތެރިޔާ އަދިވެސް ސިއްރެއް ބުންޏެވެ. އެއީ ދެން އަންނިވެސް ދުއްވާލުމަކީ އަފީފުއާއި ޝިހާބު ވަރަށް ބޮޑަށް އެދޭ ކަމެކެވެ. މިދެމީހުން ވަރަށް ގިނަ ކަންކަން މިހާރުވެސް ދަނީ ރާވަމުންނެވެ.
ބޭނުމަކީ އަންނަ އިންތިޚާބާ ޖެހެންދެން ސަރުކާރާ ރައްޔިތުން ޕްރެޝަރުގަ ބޭތިއްބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ