މިއަދަކީ ދިވެހިރާއްޖެއަށް ކާމިޔާބު ލިބިގެންދިޔަ ދުވަހެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި އެވެ.
ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި މިއަދު ގާނޫނު އަސާސީއާއި ޑިމޮކްރަޓިކް އުސޫލުތައް ނެގެހެއްޓިފައިވާ ކަމަށެވެ.
"މިއަދަކީ ދިވެހިރާއްޖެއަށް ކާމިޔާބު ލިބުނު ދުވަހެއް، މިއަދު ގާނޫނު އަސާސީއާއި ޑިމޮކްރަޓިކް އުސޫލުތައް ވަނީ ނެގެހެއްޓިފައި." ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ،
އިއްޔެ އާއި މިއަދު ރައީސް މައުމޫން ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ކަންތައްތައް ރާއްޖޭގެ ރައްޔިތުންނަށް ހައްލު ކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރަސީއަކީ ގާނޫނަށް އިހްތިރާމް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދަކީ ރާއްޖެއަށް ކާމިޔާބު ލިބުނު ދުވަހެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ އަމުރާއި އެއްގޮތަށް މިއަދު ބޭއްވުމަށް ކުރިން ތާވަލްކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާ މިހާރު ވަނީ ހުކުމަކާއި ހަމައަށް އައިސްފައެވެ.
މިއަދަކީ ރާއްޖެއަށް ކާމިޔާބު ލިބުނު ދުވަހެއް - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ