ގދ. ތިނަދޫ ހޮސްޕިޓަލަށް ކަރަންޓް ދޭން ފަށައިފި

ގދ، ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަރަންޓް ދޭން ފަށައިފިއެވެ.
ހޮސްޕިޓަލަށް ކަރަންޓްދޭން ފަށާފައިވަނީ ރޭ ދަންވަރު ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޖަނަރޭޓަރުތަކަށް ގެއްލުން ލިބުމުން ރަށުން ކަރަންޓް ކެނޑިފައިވަނިކޮށެވެ.
އެރަށު ކައުންސިލްގެ މެންބަރަކުވެސް ވަނީ ހޮސްޕިޓަލަށް ކަރަންޓް ދިނުމަށް ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
އެހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ އައިސިޔޫގައި ފަރުވާދެމުންދިޔަ ދެމީހަކު ވަނީ ވަގުތީ ގޮތުން ވޯޑަށް ބަދަލުކޮށްފައެވެ. އަދި އެ ދެމީހުންގެ ހާލު ސްޓޭބަލް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރޭ ހިނގި ހާދިސާއާ ގުޅިގެން ކަރަންޓް ކެނޑުނު ނަމަވެސް އޭގެ އަސަރު އެއްވެސް ބަލި މީހަކަށް ކޮށްފައިނުވާ ކަމަށްވެސް އެ ހޮސްޕިޓަލުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ