އިސްލާމްދީނާއި ދެކޮޅު ކޮންމެ މީހަކީ، ކާފަރަކަށް ނުވެދާނެ: މެމްބަރު އަލީ ހުސައިން

އިސްލާމްދީނާއި ދެކޮޅު ކޮންމެ މީހަކީ އަދި ކާފަރަކަށް ނުވެ ހިނގައިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުމަކީ ކުށެއް ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅާފައިވަނިކޮށެވެ.
މެމްބަރު އަލީ ހުސައިން ވިދާޅުވީ، މީހަކާ ދިމާލަށް ލާދީނީ އޭ ބުނުމާ، ކާާފަރެކޭ ބުނުމާ އެއީ ތަފާތު ދެކަމެއްކަމަށެވެ.
އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމާ، އެ މީހަކީ މުރުތައްދު ވެފައިވާ މީހެކޭ ބުނުންމަކީވެސް ތަފާތު ދެކަމެއް ނޫންތޯ މެމްބަރު އަލީ ހުސައިންގެ ޓުވީޓްގައި ސުވާލުކުރައްވާފައިވެއެވެ.
އަލީ ހުސައިން ވިދާޅުވީ، އިސްލާމްދީނާއި ދެކޮޅު ކޮންމެ މީހަކީ އަދި ކާފަރަކަށް ނުވެ ހިނގައިދާނެކަމަށެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށައެޅުއްވި ބިލުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ހުށަހަޅާފައެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރުކުރުން ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.
މެމްބަރު ހިސާން ހުށައެޅުއްވި އިސްލާހުގައި ވަނީ، ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ހިމަނާފަ އެވެ.
އެގޮތުން އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ.
ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ. އެފަދަ ކުށެއްގެ އަސާސީ އަދަބަކީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ