ކެއާ ސޮސައިޓީގެ ދަރިވަރެއްގެ އެއް އަހަރުގެ ފީ އެމްއެމްސީ މެމްބަރު ޝަފާއު ސްޕޮންސާ ކޮށްފި

ކެއާ ސޮސައިޓީން ހިންގާމުންދާ ކެއާ ޑިވެލޮޕްމެންޓް ސެންޓަރު (ސީޑީސީ) ގެ ދަރިވަރެއްގެ އެއް އަހަރު ދުވަހުގެ ފީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު މުހައްމަދު ޝަފާއު ސްޕޮންސާ ކޮށްދެއްވައިފި އެވެ.
ކެއާ ސޮސައިޓީން ބުނީ ޝަފާއު ސްޕޮންސާ ކޮށްދެއްވާފައިވަނީ ސީޑީސީގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ އެއް އަހަރު ދުވަހުގެ ފީ ކަމަށެވެ. އަދި އިއްޔެ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށްވެސް ކެއާ ސޮސައިޓީން ބުންޏެވެ.
ކެއާ ސޮސައިޓީގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކިޔެވުމުގެ ފީ ސްޕޮންސާ ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ހުޅުވާލެވިފައިވާއިރު އެތަނުން ބުނީ ޝަފާދު ދައްކާދީފައި މިވަނީ ނަމޫނާއެއް ކަމަށެވެ. އަދި ޝަފާއު ދައްކުވައިދީފައި މިވަނީ އެހީތެރިކަމަށް ބޭނުންވެފައިވާ އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ ހެޔޮ ބަދަލެއް އެކުދިންގެ ދިރިއުޅުމަށް ގެނުވިދާނެ ކަމުގެ މިސާލު ކަމަށްވެސް ކެއާ ސޮސައިޓީން ބުންޏެވެ.
ކެއާ ސޮސައިޓީން ހިންގަމުންދާ ސީޑީސީ އަކީ މާލީގޮތުން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ތަނެކެވެ. އެތަން މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ބަންދުކޮށްފައިވަނީ މާލީ ދަތިތަކަކާއި ކުރިމަތިލާން ޖެހުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ