ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރާފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ފ.އަތޮޅުން ފެށިގެން މއައްޑޫ ސިޓީއަށްވަނީ ރީދޫ އެލާޓްވެސް ނެރެފައެވެ.
މެޓް އޮފީހުން ވިދާޅުވީ މިސަރަޙައްދުތަކުގެ އިތުރުން، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މީގެއިތުރުން ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގައި އާދައިގެެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ.
މެޓް އޮފީހުން ވިދާޅުވީ ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާކަމެކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުން ގޯސްވުމުން ކަނޑުދަތުރުކުރާއިރު ސަމާލުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ