ސަރުކާރު ބަންދުވިޔަސް މާދަމާ ކުށުގެ ރެކޯޑު ސާފުކޮށްދޭން ކްރިމިނަލް ކޯޓުން ނިންމައިފި

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވީނަމަވެސް ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މާދަމާ ކުށުގެ ރެކޯޑު ސާފުކޮށްދޭނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށް ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަމަޖައްސާފައި ވަނީ އަލި މަސްއުފާ ކާނިވާ އަދި ހާބަރު ސަރަހައްދުން ކެފޭ، ރެސްޓޯރަންޓް އަދި ސައި ހޮޓާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ދޫކުރާ ފޯމްތަކާގުޅިގެން ކުށުގެ ރެކޯޑު ސާފްކުރުމަށް ގިނަ ބަޔަކު ކޯޓަށް އަންނަމުން ދާތީ ކަމަށެވެ. ކާނިވާ އަދި ހާބަރު ސަރަޙައްދުން ކެފޭ، ރެސްޓޯރަންޓް އަދި ސައި ހޮޓާ ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފާއިތުވި ތިން ދުވަހު ކުށުގެ ރެކޯޑު ސާފްކުރުމަށް އެދި ހާހަކާ ގައިކުރާއަދަދަށް ފޯމް ހުށަހަޅާފައިވާ ކަމަށް ވެސް މަނިކު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ