ބީއެމްއެލްގެ އެހީގައި ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް"ގެ ދަށުން ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް މިއަދު ހަވީރު ހުޅުވައިފި އެވެ.ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ތަރައްޤީކޮށްފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުންނެވެ.ޖިނާން މުޙަައްމަދު ޝަމީމު ކިޔާ ބޭފުޅަކު ހުށަހެޅި މި ޕްރޮޖެކްޓް ގެ މަގުސަދަކީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރު ފުރައެއްގެ މީހުން އެއްވެ ގުޅުން ބަދަހިކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމުވެ. މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު އަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ވަނީ ގާއިމް ކޮށްފަ އެވެ. އަދި ކުޑަކުދިން ކުޅުމަށް ހާއްސަ ޕާކަކާއި އައުޓްޑޯ ޖިމެއްގެ އިތުރުން ޕިކްނިކް ދާ މީހުންނަށް ބީޗް ހަޓާއި، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ވެސް ވަނީ ބަހައްޓައިފަ އެވެ. އެ ޕްރޮޕޯސަލް ކާމިޔާބުކޮށްފައިވާ ކަނޑިތީމަށް އުފަން ޖިނާން ބުނެފައިވަނީ ބީއެމްއެލްގެ އެހީގައި، ޒަމާނެއް ވަންދެއް ރައްޔިތުން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެއްޖެ ކަމަށެވެ."އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށްވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް،" އޭނާ ބުންޏެވެ.ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި އެ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ