ށ.ނަރުދޫ އިންޖީނުގެ އެޅުން ކުންފުންޏަކާ ހަވާލުކޮށްފި

ށ.އަތޮޅު ނަރުދޫގައި އިންޖީނުގެއެއް ބިނާކުރުމުގެ މަސައްކަތް ފެނެކާއިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ފެނަކާގެ ފަރާތުން ހަވާލުކޮށްފައިވަނީ ސީސައިޑް ޕްރައިވެޓް ލިމިޓެޑާއެވެ. ދެފަރާތުގެ މެދުގައި ނަރުދޫ އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދިޔައީ މިއަދު ފެނަކާގައެވެ. މިއެއްބަސްވުމުގައި ފެނަކާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ. ސީސައިޑު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީއެވެ. އެމަސައްކަތުގެ އަގަކީ 5.11 މިލިއަން ދިވެހި ރުފިޔާއެވެ. އެއަގަށް އެމަސައްކަތް ނިންމަން އެކުންފުންޏަށް ލިބޭ މުހުލަތަކީ 90 ދުވަހުގެ މުހުލަތެކެވެ. އަންނަ ބުރާސްފަތިދުވަހު ފަށަންޖެހޭ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހަށް ނިންމަން ޖެހޭނެއެވެ. ފެނެކާގެ އޮފިޝަލުންނާ ހަވާލާދީ ސަންއޮންލައިނުން ބުނެފައިވަނީ ފެނަކާއިން ބިނާކުރާ އިންޖީނުގެ ބިނާކުރަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. އަދި އައު އިންޖީނުގެއެއް ނަރުދޫގައި އިމާރާތްކުރުމުގެ ބޭނުމަކީ އެރަށު ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުން ކަމުގައިވެސް އެއޮފިޝަލާ ހަވާލާދީ ސަން އޮންލައިންގައި ލިޔެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ