މޫސުން ގޯސްވެ، ގިނަ ރަށްތަކަށް ގެއްލުން ވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން، ގިނަ ރަށްރަށަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.
Advertisement
ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން، ގިނަ ރަށްރަށަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.
އެގޮތުން ގިނަ ހާދިސާތައް ހިނގާފައި ވަނީ އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުންނެވެ. ބައެއް ރަށްރަށުގައި ގަސްތައް ވެއްޓިފައި ވާއިރު، ފުރާޅު އެއްލާލުމުގެ ސަބަބުން ވެސް ގެއްލުންތައް ވަނީ ވެފަ އެވެ.
ކ. ކާށިދޫގައި ވެއްޓިފައި އޮތް ގަހެއް-- ފޮޓޯ: ޕޮލިސް
ކ. ކާށިދޫގެ ގެއެއްގެ ގޯތި ތެރޭގައި ހުރި ދެ ގަސް މިއަދު ހެނދުނު 06:57 ހާއިރު ވަނީ މަގު މައްޗަށް ވެއްޓިފަ އެވެ. އެ ގަސް ނެގުމުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.
ވައި ގަދަވުމުގެ ސަބަބުން ޅ. ހިންނަވަރުގައި ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމް ދޮރުގެ ބިއްލޫރިގަނޑު ރޭ ދަންވަރު ވަނީ ތަޅައިގެން ގޮސްފަ އެވެ.
ޅ. ހިންނަވަރު ބީއެމްއެލް އޭޓީއެމްގެ ބިއްލޫރި ދޮރު ތަޅައިގެން ގޮސްފައި-- ފޮޓޯ: ޕޮލިސް
އެ އަތޮޅު ނައިފަރުގައި ވެސް ވައިގަދަވެ، ކައުންސިލް އިދާރާގެ ފުރާޅު އެއްލައިލާ، ބޮޑެތި ގެއްލުންތަކެއް ރޭ ދަންވަރު ވަނީ ވެފަ އެވެ.
ނައިފަރު ކައުންސިލުން ބުނީ ލިބުނު ގެއްލުމުގެ ސަބަބުން، އެ އިދާރާގެ ހިދުމަތްތައް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޅ. ނައިފަރު ކައުންސިލް އިދާރާ-- ފޮޓޯ: ޕޮލިސް
އޭގެ އިތުރުން ބ. ތުޅާދޫގައި ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ގެތަކަށް ފެން ވަދެފަ އެވެ. ގެތަކަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ޖެހުމަށް އެ ރަށުގައި ފުލުހުން ހަރަކާތްތެރިވި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ނ. ހޮޅުދޫއަށް ވަނީ އުދަ އަރާފަ އެވެ. އެ ރަށު އިރުމަތީ ފަރާތުގައި ޖަހާފައިވާ ތޮށި މަތިން އުދަ އަރާތީ، ގެތަކުގެ ބޭރުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުން ކުރި އެވެ.
ނ. ހޮޅުދޫއަށް އުދަ އަރާފައި-- ފޮޓޯ: ޕޮލިސް
ބޯކޮށް ވާރޭ ވެހި މާލޭގައި ވެސް ފެންބޮޑުވެފައި ވާއިރު، ވައި ގަދަވުމުގެ ސަބަބުން ތަފާތު އެކި ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. Gadha vayaa eku Male gai baeh haadhisaa thah higaifi https://t.co/1SRyOudrqS— CNM (@cnm_mv) December 19, 2019
މާލެ އާއި ހުޅުމާލެ ގުޅޭ ބްރިޖުން ދަތުރު ކުރާއިރު، ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ. އެގޮތުން ކޮތަޅު ކޯޓު ލައިގެން ބްރިޖު ހައިވޭމަތން ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ސަބަބަކީ ވަޔާ އެފަދަ ރެއިން ކޯޓުތައް ވީދިގެން ގޮސް، ކައިރިން އަންނަ ވެހިކަލްތަކުގައި އެޅި އެކްސިޑެންޓު ވުމަށް މަގު ފަހި ވާތީ. ވީމާ ހުރިހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް،" ފުލުހުން ކުރި ޓްވީޓެއްގައި ވެއެވެ.Samaalukamah:Kothalhu coat laigen Bridge Highwaymathy dhuvvumaky rakkatheri kameh noon! Sababaky vayaa efadha rain coat thah veedhigen gos kairin anna vehicle thakugai elhi accident vumah magufahivaathy. Veema, huriha beyfulhunves rakkaatherikamuge fiyavalhu elhuvvumah— Maldives Police (@PoliceMv) December 19, 2019
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ އެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން އެދިފައި ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށެވެ. އަދި ވަކިން ހާއްސަކޮށް އުތުރާއި މެދު ތެރޭގެ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ