ދިރާގުން ސްޓިންގްރޭ މިއުޒިކް އެޕް ލޯންޗްކޮށްފި

ދިރާގުން ސްޓިންގް ރޭ މިއުޒިކް އެޕްލިކޭޝަން ލޯންޗު ކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ވަނީ އެ ޕްރޮޑަކްޓްގެ ލޯންޗިން ބާއްވާފަ އެވެ. ދިރާގުން ބުނީ އެ އެޕްލިކޭޝަން ކަސްޓަމަރުންނަށް ހިލޭ ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނީ ރާއްޖޭގައި އިނގިރޭސި މިއުޒިކް އަޑު އަހާ މީހުން މި ބޭނުން ކުރާ އެކި އެޕް ތަކަކީ ކޮންމެވެސް ގޮތަކަށް ގަނެގެން ނޫނީ އެކައުންޓް ޝެއާ ކޮށްގެން ބޭނުން ކުރާ އެޕްތަކެއްގެ ގޮތުގައި. އެހެންވީމަ، ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަށް މި އެޕް ތައާރަފު ކުރީ. ސްޓިންގްރޭ އަކީ ގޫގުލް ސްޓޯ އަދި އެޕަލް ސްޓޯގެ އެންމެ މަގުބޫލު އެއް އެޕް"
ސްޓިންގްރޭ މިއުޒިކް އެޕް އަކީ އިންޓަނޭޝަނަލް ހިޓްސް އާއި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބައިވަރު އާޓިސްޓުންގެ މިއުޒިކް ސްޓްރީމް ކުރެވޭނެ އެޕްލިކޭޝަނެކެވެ. އެގޮތުން ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު އަޕްޑޭޓް ވާނެ އެވެ. އަދި ތަފާތު ޖޯންރާ ތަކުގެ މިއުޒިކާއި އެކި އާޓިސްޓުންގެ ޕްލޭލިސްޓާއި އެކި ކަހަލަ ވަގުތު ތަކާ ގުޅޭ ޕްލޭލިސްޓު ވެސް ކަސްޓަމައިޒް ކުރެވޭނެ އެވެ.
ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ޑިޖިޓަލް ސާވިސްތައް ތައާރަފު ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ