ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުގައި ހުންނަވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިޢުލާން ކުރައްވާފައިވާތީ އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބަލާ ހުޅުމާލޭ ކޯޓަށް މެޖިސްޓްރޭޓުން ކަނޑައެޅިއިރު އެކަމުގައި ބައިވެރިވެ، ނުފޫޒު ފޯރުވާފައިވާ ކަމަށް ތުޙުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެމްބަރުންކަމުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، ވަކިކުރުމަށްޓަކައި އެމްޑީޕީން މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެމްބަރުންކަމުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، ވަކި ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ، ޖުޑީޝަލް ސަރވިސަސް ކޮމީޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގެ (3)، (6)، (7) އަދި (8) ވަނަ ނަންބަރާއި ޚިލާފަށް ޤާސިމް އިބްރާހިމް ޢަމަލު ކުރައްވާފައިވާތީ، އެ ޤާނޫނުގެ 14 މާއްދާ އާ ހަވާލާދީ އެވެ.
އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި މައްސަލާގައި ވަނީ، އަންނަ ރިޔާސީ އިންތިޚާބްގައި ވާދަކުރައްވާނޭކަން އިޢުލާން ކުރައްވާ، އެ ނިންމެވުން މަތީ ދެމި ހުންނަވައި، އެ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެނޑިޑޭޓެއް ކަމުގައިވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގުމަށް، ކޯޓުތަކާއި ބެހޭ ޤާނޫނާއި ޚިލާފަށް ޤާއިމްކޮށްފައިވާ ކޯޓެއް ޖޭ.އެސް.ސީއިން ކަނޑައެޅި އެޅުމުގައާ، އެ ޝަރީއަތް ކުރުމަށްޓަކައި ޢަމަލުކުރަމުންދާ ހަމަތަކާއި އިންސާފުގެ އުސޫލުތަކާ ޚިލާފަށް އެކޯޓުން 3 މެޖިސްޓްރޭޓުންގެ ޕެނަލެއް ޖޭއެސްސީން ހަމަޖެއްސުމުގައި ޤާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގެން، ނުފޫޒު ފޯރުވާފައިވާކަމަށް ތުޙުމަތު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޠަބީޢީ ޤާނޫނުގެ ހަމަތަކާއި އިންސާފުގެ އުސޫލުތަކަށް ބަލާއިރު، އެއް އިންތިޚާބެއްގައި ތިމާއާއި ވާދަކުރާ ފަރާތެއްގެ ކެނޑިޑެންސީ ބާޠިލްވެދާ ފަދަކަމެއް ނިންމުމުގައި ތިމާ ބައިވެރިވުމަކީ، އެ ޢަމަލަށް އެކަނި ބެލި ނަމަވެސް، މަޞްލަޙަތުގެ ފުށުއެރުމުގެ އަމަލެއް ކަމުގައި ވެސް އެ ހުށަހެޅުމުގައި ވެ އެވެ.
ގާސިމް ޖޭއެސްސީން ވަކި ކުރަން ހުށަހަަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ