ނ.ޅޮހިން ކަރަންޓުގެ ހިދްމަތް ކެނޑިއްޖެ

މިއަދު ހެނދުނުގެ ވަގުތެއްގައި ނ. އަތޮޅު ޅޮހީގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ނ. އަތޮޅު ޅޮހީގެ ކައުންސިލް މެންބަރ އަބްދުލް މަންނާން އިބްރާހީމް ވިދާޅުވީ، މިއަދު 06:30 ހާއިރު ޅޮހީން ކަރަންޓު ކެނޑިފައި ވަނީ ކަރަންޓް ކޭބަލެއް އަނދައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ.
އިތުރަށް މަންނާން ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން ރަށުގެ ހުރިހާ ހިސާބުތަކުން ކަރަންޓު ކަނޑައިގެން ދިޔަ ކަމަށެވެ.
އޭގެ އިރުކޮޅެއް ފަހުން ބައެއް ހިސާބުތަކަށް ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އަނދައިގެން ދިޔަ ކޭބަލް ގުޅާފައި ހުރި ގެތަކަށް އަދިވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.
ނ. ޅޮހީ ކައުންސިލުން ބުނީ އެރަށުގެ ކަރަންޓު ހިދްމަތް ދިނުމަށް އާ ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެން ކަމުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ