2023ގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން އެޕާޓީން އިއުލާނުކޮށްފި އެވެ.
މިރޭ ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުނު 13 ފަރާތެއް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ އެޕާޓީ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި މިގޮތުން ކުރިއަށް އޮތް ދެ އަހަރުތެރޭ ޕާޓީގެ މެންބަރުންގެ އަދަދު 30،000 އިތުރުކުުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޕާޓީއަށް ގިނަ ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަންވެސް ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ޕާޓީގެ ލީޑަރު އިންތިޚާބުކުރާނީ ބާއްވާ އިންތިޚާބުން ނެގޭ ވޯޓަކުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވީ އެ ޕާޓީ އެކެއް ނޫނީ ދެވަނަ ޕާޓީގެ ގޮތުގައި ނޯންނަންވީ ސަބަބެއް ނެތްކަމަށާއި އަބަދު ތިންވަނަ ޕާޓީގެ ގޮތުގައި ޖޭޕީ އޮންނަން ނުޖެހޭ ކަމަށެވެ.
މިރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރ ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ހެދުން އެޅުމާ ގުޅޭ ވާހަކަތަކަށް ބައްލަވާލައްވާ އެފަދަ ވާހަކަތަކާ މެދު ހިތްހަމަ ޖެހި ވަޑައިނުގެން ވާހަކަދައްކަވާފައެވެ.
އަދި ކުރިއަށް އޮތް ފަސް އަހަރުވެސް ޖޭޕީ އޮންނާނީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އާއި އެކީ ކަމަށާއި ރައީސް ސޯލިހް އަށް ގޯނާކުރާ މީހަކާ ދެކޮޅަށް ޖޭޕީ އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
2023ގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ