ކ.ދ އަހުމަދު މަނިކު އަވަހާރަވެއްޖެ

ދައުލަތަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ކ.ދ އަހުމަދު މަނިކު އަވަހާރަވެއްޖެއެވެ.
އަހުމަދު މަނިކު އަވަހާރަވީ މީގެ ކުޑައިރުކޮޅެއްގެ ކުރިން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
އަހުމަދު މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކ.ދ އަހުމަދު މަނިކަކީ އިލެކްޝަންސް ކޮމިޝަނަރުގެ މަގާމާއި، ސިފައިންގެ އޮފިސަރެއްގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ހދ އަތޮޅުގެ މެމްބަރުކަންވެސް ވަަރަށް ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރަށް މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމާއި، ކަސްޓަމްސްގެ އެންމެ އެންމެ އިސްވެރިޔާގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ