ސްކޫލް ހުޅުވެންދެން މާލޭގައި މުދާ އުފުލާ ގަޑިތައް އިތުރުކޮށްފި

ސްކޫލް ހުޅުވެންދެން މާލޭގައި މުދާ އުފުލާ ގަޑިތައް އިތުރުކޮށްފިއެވެ
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ސްކޫލު ބަންދުގެ ނިޔަލަށް މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާކަމަށާއި އެ ނިންމުމަކީ ގިނަ ވިޔަފާވެރިންގެ އެދުމުގެ މަތިން ނިންމެވި ނިންމުމެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ސްކޫލު ހުޅުވެންދެން، ( 13 ޖެނުއަރީ 2019ގެ ނިޔަލަށް އިތުރު ވަގުތުތަކެއްގައި މުދާ އުފުލޭނެ ގޮތް ހަދާފައިވާނޭކަމަށެވެ.މިގޮތުން ބިސް، އަލުވި، ފިޔާ އަދި ހަލާކުވާ ފަދަ އެހެނިހެން ތަކެތި ގުދަން ކުރުމަށް ގެންދިޔުމަށް 24 ގަޑިއިރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކޮންޓެއިނަރުތަކުގައި ހުންނަ މުދާތައް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް ޕިކަޕްތަކާއި ލޮރީތަކުގައި އުފުލޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައިވެސް މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަ ކުރުމަށް، މި އަހަރުގެ ކުރީ ކޮޅު ވަނީ މުދާ އުފުލޭ ގަޑި ހަވީރު 18:00 އިން ހެނދުނު 6:00 އަށް ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ