ފިހާޅޮހި ރިސޯޓުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރިސޯޓެއްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފިހާޅޮހި އައިލެންޑް ރިސޯޓްގައި މަރުވެފައި އޮއްވާ ފެނުނީ އެރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސްތިބި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި މިމީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ހުރި ކޮޓަރިތެރެއިން ކަމަށްވެސް ވީނިއުސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފިހާޅޮހި ރިސޯޓުން ފަތުރުވެރިޔަކު މަރުވެގެން މިއަދު ހެނދުނު 09:20 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިއަހަރު ފެށުނު ފަހުން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން މަރުވާ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ 19 އަދި 20 މި ދެދުވަހު ވެސް ދެ ރިސޯޓެއްގައި ފަތުރުވެރިން ވަނީ މަރުވެފައެވެ.
ފަހަކަށް އައިސް ކުއްލި މަރުތައް ރާއްޖޭގައި އާދަޔާ ޚިލާފަށް އިތުރުވެފައި ވާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ