އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަަހަރުގެ ޖަލު ހުުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އިމްރާންގެ މައްޗަށް 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއާ ގުޅުގެން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި 12 އަހަރަށް އޭނާ ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކުރި އެވެ. އަދި އެ މައްސަަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ފުރަތަމަ އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގެން ބޭރުކޮށްލާފަ އެވެ. އެހެން ނަމަވެސް އިމްރާންގެ ފަރާތުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދުމުން ފަހުން ސްޕްރީމް ކޯޓުން އެ މައްސަލަ ބަލަން ނިންމެވި އެވެ. މައްސަލާގައި ގޮތެއް ކަނޑައެޅެންދެން އިމްރާން ވަނީ މިނިވަން ވެސް ކޮށްފަ އެވެ.
ހުކުމް އެހެން އޮތްވާ އިމްރާންއަށް ވަނީ ހޯމް މިނިސްޓަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފަ އެވެ. އެހެންވެ އޭނާގެ މިނިސްޓަރު ކަމުގެ ޝަރުތާމެދު ބައެއް މީހުން ގެންދިޔައީ ސުވާލު އުފައްދަމުންނެވެ.
ގާނޫނު އަސާސީގައި މިނިސްޓަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. އެގޮތުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގައި ދެ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާބިތު ދަރަންޏެއް އޮތުން ނުވަތަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ އެވެ. (ތަފްސީލް އަންނަނީ)
އިމްރާންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ