ރާއްޖެ މިއަދު ކުރިމަތިމިލަނީ އުއްމީދުން ފުރިގެންވާ މަރުހަލާއަކާއި: ރައީސް މައުމޫނު

ރާއްޖެ މިއަދު ކުރިމަތިލާނީ އުއްމީދުން ފުރިގެންވާ މަރުހަލާއަކާއި ކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއި ގުޅިގެން ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އިހްލާސްތެރިކަމާއެކު ތަހްނިޔާ ދަންނަވާފައެވެ. Al-hamdu lillah miadhu rājje mi kurimathi lanī ummīdhun furigenvā ā marhalā akā. Miadhu raīsul jumhūriyyā kamuge huvā kuravvā Hon @ibusolih ah ikhlās theri kamā eku thahniyā dhannavan. Māiy Allah emanikufānuge masakkaiypulhu gai barakāiy lavvāshi. Āmīn!— Maumoon Abdul Gayoom (@maumoonagayoom) November 17, 2018
ރައީސް މައުމޫނު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ފާދު ވިދާޅުވުމާއި ގުޅިގެން ޖަލަށް ލެއްވިއެވެ. އެހެން ނަމަވެސް ރައީސް އިބޫގެ ކެމްޕޭނުގައި އެންމެ މުހިއްމު ވައުދަކީ ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރައްވާނެ ވައުދެވެ.
ރިޔާސީ އިންތިހާބަށްފަހު ރައީސް މައުމޫނު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
ރައީސް މައުމޫނަކީ ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ބައެއް މެމްބަރުން ރިޝްވަތު ދެއްވި ކަމަށް ބުނެ ޖަލަށް ލެވުމާއެކު މިއަހަރު ކުރީކޮޅު ސްޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅުވައިގެން އެކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރައީސް މައުމޫނުވެސް ޖަލަސް ލެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ