ގޭންގުތަކުގެ ނުފޫޒު ކޯޓުތަކަށް ފޯރާފައި ވާކަނ އެނގޭ އެކަމާއި ގުޅުން ހުރި މައުލޫމާތާއި ހެކި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓާއި ހިއްސާކޮށްދިނުމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގައި ސްޕްރީމް ކޯޓުން އެދިއްޖެއެވެ.
ސްޕްރީމްކޯޓުން މިކަމަށް އެދުނުކަން ހާމަކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ނޫސްބަޔާނުގައެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު ހުސްނުސުޢޫދު ދެއްކެވި ވާހަކަފުޅު ތަކާއި ގުޅިގެން، ސުޕްރީމްކޯޓުން ބުނެފައި ވަނީ، ޝަރުއީ ދާއިރާ އާއި ޚާއްސަކޮށް ކުރިމިނަލް ކޯޓާއި ގުޅޭ ގޮތުން އެކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ ހަޤީޤަތް ހޯދައި، ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މައުލޫމާތާއި ގުޅުން ހުރި ހެކިތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާއި ހިއްސާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
އެބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ގުޅޭ ގޮތުން އަދި ޚާއްސަކޮށް ކުރިމިނަލް ކޯޓާއި ގުޅޭ ގޮތުން ހުސްނު ސުއޫދު ދެއްކެވި ވާހަކަފުޅުތަކަކީ، އަދުލުއިންސާފު ޤާއިމު ކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަަމެއް ކަމަށެވެ.
ގޭންގުތަކުން ކޯޓަށް ނުފޫޒު ފޯރުވާކަމުގެ ހެކި ފޯރުކޮށްދިނުމަށް ސުޕްރީމް ކޯޓުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ