ހުޅުދޫ ސްކޫލް ޑިޖިޓަލާ ދިމާއަށް

ހުޅުދޫ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި އަހަރުގެ ދިރާސީ އަހަރާ އެކު 157 ދަރިވަރުން ރަޖިސްޓްރީކޮށްފައިވާ ހުޅުދޫ ސްކޫލްގެ ލީޑިން ޓީޗަރު ތަވީން އަބްދުލް މުހުސިން ވިދާޅުވީ އެ ސްކޫލް ޑިޖިޓަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބަހާލައިގެން ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި ގްރޭޑް 1-7 އަށް ކިޔަވައިދޭ ސްކޫލުގައި ކޮންމެ ހަފުތާއައަކު މަދުވެގެން އެއް މާއްދާ އައިސީޓީގެ އެހީގައި ނަގައިދެވޭނެ އިންތިޒާމް ވެސް ވަނީ ހަމަަޖައްސައިފައި ކަމަށް ތަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭނުމަކީ ކުރިއަށް އޮތް ތަނުގައި އައިސީޓީ މާއްދާތައް އިތުރު ކުރަމުން ދިއުން ކަމަށެވެ. އަދި ވީހާ ވެސް ބޮޑަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކިޔަަވައިދީ، ދަރިވަރުން އެކަމަށް އަހުލުވެރި ކުރުވުން ކަމަށް ތަވީން ވިދާޅުވި އެވެ.
ހުޅުދޫ ސްކޫލުން ބުނީ އެ ސްކޫލަށް މިހާރު ސްމާޓް ބޯޑެއް ވެސް ލިބިފައިވާ ކަމަށެވެ. އެއީ ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ޝާހިދު ހަދިޔާ ކުރެއްވި ބޯޑެކެވެ.
ިއަދި ސްކޫލްގެ ކްލާސްރޫމްތަކުގައި ބޭނުން ކުރާ 55 އިންޗީގެ ޓީވީތަކަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހަދިޔާ ކުރެއްވި ޓީވީތަކެއް ކަމަށް ހުޅުދޫ ސްކޫލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ