ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ  ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބް ރައީސް އުމަރު ނަސީރު ފޯމު ހުށަހަޅުއްވައިފިއެވެ.              
ޕީޕީއެމްއިން ބުނީ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލެއްވުމަށް ހުށަހަޅަން ޖެހޭ ފޯމް ޕީޕީއެމްގެ އޮފީހަށް އުމަރު ހުށަހެޅުއްވީ މިއަދު ހަވީރު 3:15 އެހަކައިންހާއިރު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
އުމަރު ފޯމު ހުށަހަޅުއްވާފައިވާއިރު މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕްރައިމަރީގައި ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.
އުމަރު ފޯމް ހުށައެޅުއްވިއިރު އިލްޔާސް އިބްރާހިމްގެ ފަރާތުން އައްބާސް އިބްރާހިމް ވެސް ފޯމް ނަންގަވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރައީސް މައުމޫނު ވަނީ ޕްރައިމަރީގައި ވާދަ ނުކުރައްވަން ނިންމަވާފައެވެ.
ޓީމް އުމަރުގެ އޮފިޝަލަކު ވިދާޅުވީ އުމަރު މިއަދު ފޯމް ހުށަހަޅާފައިވާ އިރު އޭނާގެ ކެމްޕޭންގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް މިހާރުރާވާ ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އަތޮޅުތަކަށް ދަތުރުތަކެއް އުމަރު ފައްޓަވާނެ ކަމަށެވެ. މީގެކުރިން ވެސް އުމަރު ވަނީ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވާފައެވެ.
    
    ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރުމަށް އުމަރު ފޯމް ހުށައަޅުއްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            