އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞޯދިޤް ވިދާޅުވެއްޖެއެވެ.
'އޮޅުވާލި ކަރަންޓު- ފޮރުވާލި ސަބްސިޑީ' ގެ ނަމުގައި ހިތަދޫގައި ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ސޯބެ ވަނީ އައްޑޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ކައުންސިލުން އަބަދުވެސް ރައްޔިތުންނާއި އެއްކޮށް ތިއްބަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މުޒާހަރާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ފެނަކަ ކޯޕަރޭޝަނުގެ މައްސަލަ ބައްލަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފިއުލް ސާޗާޖް ސަބްސިޑީ އާއި ޔޫސޭޖް ބޭސްޑް ސަބްސިޑީ ލިބެމުން ގެންދާއިރު އައްޑޫގެ ރައްޔިތުންނަށް ލިބެމުން ދަނީ ހަމައެކަނި ފިއުލް ސާޗާޖް ބޭސްޑް ސަބްސިޑީއެއް ކަން ފާހަގަކޮށްލެވެއެވެ.
ކަރަންޓު ބިލްތަކުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ