ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ސ. ފޭދޫ ކަރަންކާވިލާ އަހުމަދު އަމީން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.މަޖިލީހުގެ ޖަލްސާގައި އެންއައިސީގެ މެމްބަރު ކަމަށް އަމީން އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.އަމީންގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ އަމީނަށް ރުހުން ދޭން ފާސްކޮށްފަ އެވެ. އެ ކޮމިޓީން އޭނާ އާއި އިންޓަވިއު ކުރުމަށް ފަހު 83 މާކްސް ދިނެވެ.ފަސް މެންބަރުން ތިއްބަވަން ޖެހޭ އިންޓަގްރިޓީ ކޮމިޝަންގައި މިހާރު
ތިއްބެވީ ހަތަރު ބޭފުޅެކެވެ. އެއީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ
ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު މުހައްމަދާއި
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރިން
ހުންނެވި މުހައްމަދު ފަރުހާދާއި ހަސަން ހަމީދު އަދި ޚަދީޖާ އަބްދުﷲ އެވެ.އިންޓެގްރިޓީ
ކޮމިޝަނަށް އެއް ބޭފުޅަކު މަދުވީ، އެ ކޮމިޝަނަށް އައްޔަން
ކުރެއްވުމަށްޓަކައި ރައީސް ޔާމީން ކުރިން ހުށަހެޅުއްވި މަރިޔަމް ޒީނިއާގެ
ނަން އަނބުރާ ގެންދެވުމުންނެވެ.ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި ތިއްބަވާ ހަތަރު މެމްބަރުން. - ފޮޓޯ: ރައީސް އޮފީސް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ ދަށުން އެ ކޮމިޝަން އުފެއްދުމާ އެކު،
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން ވަނީ
އުވިފަ އެވެ. އަދި އެ ދެ ކޮމިޝަންގައި ތިބި އިދާރީ މުވައްޒަފުން ވަނީ
އަލަށް އުފެއްދި އެންއައިސީ އަށް ބަދަލުކޮށްފަ އެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް އަމީން އައްޔަން ކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ