ވޮލީބޯލް ޕްރެޒިޑެންޓްސް ކަޕް: އެމްއެސް އާއި ވިޝަންގެ މެޗުން މުބާރާތް މިއަދު ހަވީރު ފަށަނީ

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ފަސް ވަނަ ވަނަ އަންހެނުންގެ ވޮލީ މުބާރަތުގެ ފުރަތަމަ މެޗުގައި އެމްއެސް ހެލްޕިން ހޭންޑާއި ސްޕޯޓްސް ކްލަބް ވިޝަން ބައްދަލުކުރާ މެޗް މިއަދު ހަވީރު ފާނެއެވެ.
އެމްއެސް އާއި ވިޝަންގެ މެޗުން މުބާރާތް މިއަދު ހަވީރު 4:30 ފަށާއިއިރު، މުބާރާތުގެ ދެ ވަނަ މެޗުގައި މިރޭ ބައްދަލުކުރާ ދެޓީމަކީ ޕޮލިސް ކުލަބާއި ގެމަނަފުށީ ސްޕޯޓްސް ކްލަބެވ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައެވެ.
މިއަހަރުގެ ވޮލީބޯލް ޕްރެޒިޑެންޓްސް ކަޕްގައި ޖުމްލަ ފަސް ޓީމް ވާދަކުރާއިރު، އެ ފަސްޓީމަކީ ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ގެމަނަފުށީ ސްޕޯޓްސް ކްލަބާއި ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ އާއި އެމްއެސް ހެލްޕިން ހޭންޑް އަދި ސްޕޯޓްސް ކްލަބް ވިޝަން އެވެ.
އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ވޮލީ އެސޯސިއޭޝަނުން މީގެ ހަތަރު އަހަރު ކުރިން ތައާރަފްކުރި ވޮލީ ބޯލް ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ލީގުގެ އުސޫލުން އެއް ބުރު ކުޅުމަށް ފަހު، އެންމެ މޮޅު ހަތަރު ޓީމް ސެމީ އަށް ދަތުރު ކުރާ ގޮތަށެވެ. އަދި އެއަށްފަހު ސެމީ ފައިނަލް މެޗު ތަކުން އެންމެ މޮޅު ދެޓީމް ފައިނަލަށް ދަތުރު ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ