އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

ޗައިނާގައި އަންހެނަކަށް ވަރަށް ހިތާމަވެރި ގޮތެއް ދިމާވެ މަރުވެއްޖެއެވެ. މިކަމާ ބެހޭ ގޮތުން އޮންލައިން ވީޑިއޯ ޝެއަރ ކުރާ ސައިޓެއް ކަމުގައިވާ "ލައިވްލީކް" ގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއާއި ޚަބަރުގައި ބުނެފައިވަނީ، މި އަންހެން މީހާ، މީހެއްގެ ފިރިއެއްގެ ކައިރީގައި އުޅެނިކޮށް ކުށްލިއަކަށް އަނބިމީހާ ގެއަށް އައުމުން ފިލަންވެގެން ގޭގެ މަތީބުރީގެ ކުޑަދޮރުން ބޭރަށް ފުންމާލީ ކަމަށެވެ. އޭނާގެ ނަސީބު އިތުރަށް ދެރަވީ ފުންމާލެވުނީ، މަގުމަތީގައި ދަމާފައިވާ ހައި ވޯލްޓޭޖް ކޭބަލް އެއްގެ މައްޗަށެވެ. އެއާއެކު އެ ހިސާބުގެ މީހުންގެ ސަމާލުކަމަށް އައީ، މީހަކު އެކޮޅު ކޮޅުން ކޭބަލްގައި އޮޅި މަރުވެފައި އޮތްތަން ފެނުމުންނެވެ.
ހާމަވެފައިވާ ވީޑިއޯގައި މަރުވެފައިވާ ހަށިގަނޑު ނެގުމަށް ދިގު ހަރުގަނޑެއް ބަހައްޓައިގެން ބަޔަކު މަސައްކަތް ކުރަމުން ދެއެވެ. އަދި އެތައް ބަޔަކު ސަރަހައްދަށް ޖަމާވެފައިވެއެވެ.
ހާދިސާ ހިނގީ ކޮން އިރަކު ކަމެއް އަދި ޗައިނާގެ ކޮންތަނެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ