ދިއްދޫގެ ރައްޔިތުން ބޭނުންވެފައިވާ ތަރައްޤީ ގެނެސްދެއްވީ މި ސަރުކާރުން: ޠާރިޤް

ދިއްދޫގެ ރައްޔިތުން ބޭނުންވެފައިވާ ކުރީގެ ސަރުކާރު ތަކަށް ނުގެނެވުނު ތަރައްޤީ އެރަށަށް ގެނެސްދެއްވަމުން ގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ތިމާވެއްޓާ ހަކަތަޔާބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަ ކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ހަކަތަޔާބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ދިއްދޫ އަށް ކޮށްދެވިފައިވާ ކަމަށާ، އެގޮތުން ދިއްދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ، ރަށްގިރުމުގެ މައްސަލަ ހައްލު ކޮށްފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.އަދި ފެންވަރު ރަނގަޅު އާރުއޯ ޓެކްނޮލޮޖީގެ އެހީގައި އެއްހާސް ދުއިސައްތަ ދިހަ ގެއަކަށް ޕައިޕް ވޯޓަރ ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓް ދިއުމުގެ މައްސަލަ ހައްލުކޮށް، އިއާދަ ކުރަނިވި ހަކަތައިގެ މަސައްކަތުގެ ދަށުން 250 ކިލޯ ވޯޓްގެ ސޯލާ ޕެނަލް ހަރުކުރެވެމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ތޯރިޤް ވިދާޅުވީ ދިއްދޫ އަކީ މަސައްކަތްތެރި ރައްޔިތުން އުޅޭ ރަށަކަށްވާތީ، އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މި ސަރުކާރުން އެރަށް ތަރައްޤީ ކުރަމުން ދާކަމަށެވެ.މީގެ ކުރީގެ ސަރުކާރު ތަކުން ދިއްދޫގެ ނަން ހަޑި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރި ކަން ފާހަގަ ކުރައްވާ މިނިސްޓަރ ތޯރިޤް ވިދާޅުވީ މީގެކުރިން އިދިކޮޅު ފަރާތްތަކުން ދިއްދޫއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކޮށް ދިއްދޫގެ ނަން ހަޑިކޮށްފައިވާކަމަށާ، މިފަހަރު ދިއްދޫގެ ރައްޔިތުން އިދިކޮޅު ފަރާތްތަކަށް އެފުރުސަތު ދީގެން ނުވާނެ ކަމަށެވެ.މީގެއިތުރުން އިދިކޮޅު ފަރާތްތަކުން މިފަހަރު އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބުނަމުންދާ ދިއުމަށް ރައްދު ދެއްވާ މިނިސްޓަރ ވިދާޅުވީ އިންސާފުވެރި އިންތިޚާބެއް އެފަރާތްތަކުން ބާއްވަން ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް ދެފުށް ފެންނަ އިންތިހާބެއް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް މައްސަލައަކަށް ވަނީ ތާއީދު ނެތުން ކަމަށާ، ސަރުކާރު ހިންގުމުގެ ޤާބިލްކަން އެފަރާތްތަކުގެ ކިބައިގައި ނެތް ކަމަށެވެ.އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމުގެ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީން ދާނީ ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްޤީގެ މަޝްއޫތަކާއި އެކީ ކުރިއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ