ބަޖެޓަށް ވޯޓް ނުދިން ބަޔަކަށް ރައްޔިތުން ވޯޓް ނުދޭނެ ކަމަށް ޕީޕީއެމުން ބުނެފި
ބަޖެޓަށް ފާސްކުރުމަށް ވޯޓް ނުދިން ބަޔަކަށް ރައްޔިތުން ވޯޓް ނުދޭނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުމަށް ވޯޓް ނުދިން ބަޔަކަށް ރައްޔިތުންވެސް ވޯޓް ނުދޭނެ ކަމަށެވެ. އަދި ރައްޔިތުން ވޯޓްދޭނީ ތަރައްގީއަށް ކަމަށާއި، ތަރައްގީ ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ.އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއިން ރީ-ރެޖިސްޓްރީ ކުރާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށާނާޅާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުންގެ ހައްގުތަކެއް ނަގާލުމަށް ކަމަށެވެ. އަދި ޕީޕީއެމްއިން ރީ-ރެޖިސްޓްރީ ކުރާ ހުރިހާ ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ރައްޔިތުންނަށް އަރުވާފައެވެ.އިތުރު ތަފްސީލް އަންނަނީ.................
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ