ފުވައްމުލަކުން ރޭ ކަރަންޓް ކެނޑުމުގެ ސަބަބުން އެ ރަށު އެއާޕޯޓަށް ނުޖެއްސި އަނބުރާ މާލެ އަންނަން ޖެހުނު ފްލައިޓްގައި ތިބި ދަތުރުވެރިންނަށް ހާއްސަކޮށްގެން އައިލެންޑް އޭވިއޭޝަނުން މިއަދު އެހެން ފްލައިޓެއް ބާއްވައިފި އެވެ.
ފުވައްމުލަކު އެއާޕޯޓްގައި ހުންނަނީ އެރަށަށް ފެނަކަ ކޯޕަރޭޝަނުން އާންމުކޮށް ދޫކުރާ ކަރަންޓެވެ. އެހެންކަމުން އެ ރަށުގެ ބޮޑު ބަޔަކުން ރޭ 8:30 އިން ފެށިގެން ކަރަންޓް ދިޔުމާ އެކު އެއާޕޯޓުން ވެސް ކަރަންޓް ކެނޑުމުން ފްލައިޓް ޖެއްސޭވަރެއް ނުވި އެވެ. ގާތްގަނޑަކަށް ބައި ގަޑިއެއްހާ އިރު މަތީގައި ދުއްވުމަށް ފަހު އެންމެ ފަހުން މޯލްޑިވިއަންގެ ފްލައިޓް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އެވެ.
ފުވައްމުލަކަށް ދިމާވި ކަރަންޓް މައްސަލަ ހައްލުކޮށް ރަށަށް އަލުން ކަރަންޓް ދެވޭވަރުވީ ރޭގަނޑު 11 ޖަހާކަންހާ އިރު އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރެއް ކަމަށް ވާ މުހައްމަދު ޟިރާރު ވިދާޅުވީ އެރަށުގެ ބޮޑު ބޮޔަކުން ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކުން ކަމަށެވެ. ނަމަވެސް މިހާރު އެކަން ރަނގަޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުން ކަރަންޓް ދިއުމުން ނުޖެއްސުނު ފްލައިޓް އަލުން ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ