ދުވަހު ނޫސް " ހަވީރު " ނެރުން ވަގުތީ ގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރެއް ނެރުއްވައިފިއެވެ. މިއަމުރު ނެރެފައިވަނީ " ހަވީރު " ނޫހުގެ މިލްކުވެރިކަމާއި މެދު މުހައްމަދު ރަޝީދު އިބްރާހީމާއި އަބްދުﷲ ފާރޫޤް ހަސަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެނެވެ.
މިއަމުރުގައިވަނީ ދައުވާކުރާ މުހައްމަދު ރަޝީދު އިބްރާހީމާއި އަބްދުﷲ ފާރޫޤް ހަސަންގެ ބައިވެރިވުމެއް ނެތި ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީއަށް ނިސްބަތްވާ އެކައުންޓްތަކުން ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށެވެ. އަދި ހަވީރު ނޫޙާއި ހަވީރު ނޫސް އެޖެންސީ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫޤް ހަސަންގެ ބައިވެރިވުން ނެތް ގޮތެއްގައި ނުހިންގުމަށް ހަވީރު ނޫހުގެ ވެރިޔާ ހެންވޭރު ނީލް ވިލާ، މުހައްމަދު ޒާހިރު ހުސެއިންގެ މައްޗަށް ނެރުއްވާފައިވާ އަމުރުގައިވެއެވެ.
"ހަވީރު" ނޫސް ނެރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ