މިރޭވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ނަމަވެސް ސްޓެލްކޯއިން މިހާރު ވަނީ ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް އެކީ ކަރަންޓް ދީފަ އެވެ.
ކަރަންޓް ކެނޑުނީ ވަނީ ހެންވޭރުގެ ބޮޑު ބަޔަކުންނާއި މާފަންނުގެ ބައެއް ސަރަހައްދުތަކުން އެވެ. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނީ، އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އަދި މިހާރު ކަރަންޓް ދީ ނިމިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މިއަދުވެސް މެންދުރު ވަގުތުގައި މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނެވެ. އޭރު ވެސް ކަރަންޓް ކެނޑުނީ މާލެއަށް ކަރަންޓް ދޭން ބޭނުން ކުރާ މައި އިންޖީނަށް މައްސަލައެއް ދިމާވެ ނިވުމާ ގުޅިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލެއިން ކަރަންޓް ކެނޑުނު ހަތަރު ވަނަ ފަހަރެވެ. މާލެއިން ކަރަންޓް ކެނޑުން މި ވަނީ އަނެއްކާ ވެސް އާންމު ކަމަކަށް ވެފަ އެވެ. އެކަން ހައްލު ކުރަން ސްޓެލްކޯއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އެ ކުންފުންޏަށް އެކި ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުން އެވެ. އެހެން ނަމަވެސް ސްޓެލްކޯ އިން ބުނެފައި ވަނީ މާލެ އިން ކަރަންޓް ކެނޑެއް ދިމާވާ ސަބަބުތައް ހޯދައި ހައްލު ކުރާނެ ކަމަށާއި އެކަމަށް ދިރާސާއެއް ވެސް ހަދަން ނިންމާފައިވާ ކަމަށެވެ.
މުޅި ރާއްޖެއަށް 24 ގަނޑިއިރު ކަރަންޓް ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މިރޭ ވެސް ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ