ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް: ޝަމީމް

ރައީސް މައުމޫން މިވަގުތުވެސް ހުންނެވީ ގަދަކޮށް ކަމަށް ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެެވެ.
ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓްގައި ޝަމީމް ވަނީ " ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް" މިފަދައިން ލިޔެފައިވާ ލިޔުން ކޮޅެއް ޓްވީޓްކޮށްފަ އެވެ.
"Raees Maumoon hunnevee hama gadha koh". @maumoonagayoom @yumna_maumoon pic.twitter.com/eWId15QTTD
ވަކީލު ޝަމީމު ވިދާޅުވީ ރައީސް މައުމޫނާއި ދެ ގަޑިއިރު ވަންދެން ވާހަކަ ދެއްކެވި ކަމަށާއި އެ ބައްދަލުވުމުގައި ވަރަށް ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައިވާ ކަމަށެވެ. މިފަދަ ޓްވީޓެއް ކުރެއްވީ، 
ރައީސް މައުމޫނާއެކު ދެކެވުނު ވާހަކަތައް ހާމަކުރެއްވުމަށްޓަކައި އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. 
ރައީސް މަޢުމޫންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގެ އިތުރުން، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ