1.5 މެގަވޮޓްގެ ކަރަންޓް ހުޅުމާލޭގައި އުފައްދަނީ

އަވިން 1.5 މެގަވޮޓްގެ ކަރަންޓް ހުޅުމާލޭގައި އުފެއްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް އެންވައިރަންމެންޓް އެންޑް އެނާރޖީ އާއި ވާރލްޑް ބޭންކް އާ ގުޅިގެން ހިންގާ އެޕްރޮޖެކްޓްގެ ދަށުން، ސޯލާ ޕެނަލްތައް ހަރުކުރަން ހަމަޖެހިފައިވަނީ، ހުޅުމާލޭ ގާއިމުކޮށްފައިވާ 1000 ހައުސިން ޔުނިޓްތަކުން ހޮވާލެވޭ ޔުނިޓްތަކުގައެވެ.
ހުޅުމާލޭ ރިނިއުބަލް އެނާޖީ ކޮމްޕެނީއާ މިމަސައްކަތް ޙަވާލުކޮށްފައިވާއިރު، މަސައްކަތް ފަށާތާ ތިންމަސް ދުވަސްތެރޭ މިމަސައްކަތް ނިންމަން ހަމަޖެހިފައިވާ އެޗްޑީސީ އިން މަޢްލޫމާތު ދެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ 2009 ވަނަ އަހަރު އުފެދުނު ދިވެހި ސަރުކާރުގެ 100 އިންސައްތަ ޙިއްސާ އޮންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ