މެމްބަރު ސިނާން ދޫކޮށްލައިފި

ފުލުހުން އިއްޔެ ހައްޔަރުކުރި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން ދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޝިނާން ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށް މިއަދު ކޯޓަށް ގެނައުމުންނެވެ. ފުލުހުން ޝިނާން ހައްޔަރުކުރީ އިއްޔެ ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ރާއްޖެ އަނބުރާ ވަޑައިގަތްތަނުންނެވެ.
ޝިނާންގެ އިތުރުން ފުލުހުން ވަނީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުވެސް ވަޑައިގެންނެވުމާއެކު ހައްޔަރުކޮށްފައެވެ. ދެބޭފުޅުން ހައްޔަރުކުރުމަށް ޖެނުއަރީ 31 ވަނަ ދުވަހު ކޯޓު އަމުރެއް ނެރުނެވެ.
ބަންދުން ސަލާމަތްވުމުން މީޑިޔާ އާ ވާހަކަ ދައްކަމުން ޝިނާން ވިދާޅުވެފައިވަނީ އޭނާ ހައްޔަރުކުރީ ސިޔާސީ ބޭނުމުގައި ކަން ހުރިހާ އެންމެނަށްވެސް އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ