ފެނަކަ ކޯޕަރޭޝަނުން އައްޑޫސިޓީގެ ރަށްތަކަށް ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އެކި ސަރަހައްދުތަކުން އެއްގަޑި އިރަށް މެދުކަނޑާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިންޖީނެއް މަރާމާތު ކުރުމަށްޓަކައި އައްޑޫގެ އެކި އަވަށްތަކުގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ މިއަދު ހެނދުނު 8 އިން 11 އާދެމެދުގެ ވަގުތު ތަކުގައި ކަމަށް ފެނަކައިން މައުލޫމާތު ލިބެއެވެ. އަދި ކޮންމެ ސަރަހައްދަކުންވެސް ކަރަންޓްގެ ހިދުމަތް މެދުކަނޑާލެވޭނީ 1 ގަޑި އިރަށް ކަމަށްވެސް ފެބަކައިން ވަނީ ބުނެފައެވެ.
ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އިސް އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު 8 އިން 11 އަށް އެކި ހިސާބުތަކުން އެއް ގަޑި އިރަށް ކަރަންޓްގެ ހިދުމަތް މެދު ކަނޑަމުންދާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކަރަންޓް ކަނޑާ ސަރަހައްދުތައް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ. އަދި އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް ފެނަކަ ކޯޕަރޭޝަނުން އިލްތިމާސް ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ އައްޑޫން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަށް ހައްލު ގެނައުމަށް 2 މެގަ ވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ބަހައްޓާފައެވެ.
އަދި މިދުވަސްކޮޅު ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި އާ ޓްރާންސްފޯމަރ ބަހައްޓަމުން އަންނަ އިރު އެކުންފުނިން މަސައްކަތް ކުރަމުންދަނީ ރޯދައިގެ ކުރިން މަސައްކަތްތައް މުޅިން ނިންމާލުމަށެވެ.
ފެނަަކަ ކޯޕަރޭޝަނުން ބުނީ ފެނަކަ ކޯޕަރޭޝަނުން މިގޮތަށް އަންގާ އެންގުންތަކަށް އާއްމު ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވާކަމަށެވެ.
އައްޑޫސިޓީ އިން މިއަދު 1 ގަޑި އިރަށް ކަރަންޓް ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ