ރާއްޖެ ޓީވީގެ ސީއީއޯ ގަޔަށް ވަޅިޖަހަން ޒުވާނަކަށް ފައިސާ ދިންކަމަށް ބުނެފި

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ، ސީއީއޯ ހުސެއިން ފިޔާޒް މުސާ ގަޔަށް ވަޅި ޖަހަން ޒުވާނަކަށް ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާ ބަޔަކު ކޮންޓްރެކްޓަށް ފައިސާ ދިންކަމަށް އެ ސްޓޭޝަނުން ބުނެފިއެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސައިން ފިޔާޒު މޫސާއަށް ހަމަލާދީ ޒަހަމްކޮށްލުމަށް ކޮންޓްރެކްޓް އަގެއްގެ ގޮތުގައި އެއް ލައްކަ ސާޅީސް ހާސް ރުފިޔާ ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ހުށަހެޅި ކަން އެނގިފައިވާ ކަމުގައެވެ.
ރާއްޖެ ޓީވީން ބުނީ ޒުވާނާއާއި އެ ކަން ހަވާލު ކުރީ އޮފީހެއްގެ ތެރޭގައި ކަމަށާއި އެކަން ވަހާލު ކުރިއިރު ސިޔާސީ މައިދާނުގައި އެންމެން ދަންނަ ދެ ފަރާތެއްވެސް އެތާންގައި ތިބި ކަމުގައެވެ.
ފާޅުކަން ބޮޑު ގޮތެއްގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް މަޝްވަރާ ކޮށް ފައިސާ ހުށަހެޅުމުގެ ފަހަތުގައި ސިޔާސީ ފަރާތްތައް ތިބެނީ ގާނޫނަށް ވުރެ މަތިން ބާރުތަކެއް ލިބިފައިވާ ބައެއް ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖެ ޓީވީން އިތުރަށް ބުނީ މިނުބައި އަމަލު ހިންގުމަށް ރާވާ ހިތްވަރު ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ދުވަހެއް އަންނާނެ ކަމާ މެދު ޝައްކެއްގެ ހިޔަންޏެއްވެސް ނެތް ކަމަށް ގަބޫލު ކުރާ ކަމުގައެވެ. އަދި ފިޔާޒަށް ގަސްދުގައި ގެއްލުން ދޭން ރޭވި ރޭވުމަކީ ރާއްޖޭގައި ނޭވާ ހޮޅިޔަށް އެޅިފައި އޮތް މިނިވަން ނޫސްވެރިކަން އިތުރަށް ބިރުވެރި ކަމުގެ ތެރެއަށް ވައްޓާލާ ނޫސްވެރިންގެ ހިތްތަކުގައި ނުތަނަވަސް ކަން އިތުރުކޮށް ނޫސްވެރިން ފަހަތައް ޖެއްސުމަށް ކުރި ކަމެއްކަމަށްވެސް ރާއްޖެ ޓީވީގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ