ކުއްލި ހާލަތާ މެދު ބަހުސް ކުރުމަށް ދައުލަތުގެ އިދާރާތަކަށް މައުމޫން ހަމީދު ޗެލެންޖް ކުރައްވައިފި

މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ސަރުކާރުން އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާނޫނީ ސައްޚަކަމާ މެދު ހުޅުވިފައިވާ ބަހުސެއް ކުރުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް ޤާނޫނީ ވަކީލު މައުމޫން ހަމީދު ގޮންޖައްސަވައިފިއެވެ.
ބުދަ ދުވަހުގެ މެންދުރު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާނޫނީ ސައްޚަ ކަމާއިމެދު ބަހުސް ކުރުމަށް މައުމޫން ހަމީދު ގޮންޖައްސަވައި، ދައުވަތު ދެއްވާފައިވަނީ ބަނޑާރަ ނައިބަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި ފުލުހުންނަށެވެ. މީގެ އިތުރުން ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް ވެސް ވަނީ މައުމޫން ހަމީދުގެ ދައުވަތުގެ ލިސްޓްގައި ހިމަނާފައެވެ.
މީގެ އިތުރުން މައުމޫން ހަމީދުގެ ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރަހީމް ޢަބްދުﷲ ވެސް ޓެގްކުރައްވާފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަށް ނެރެފައިވާ ޤަރާރުގެ ޤާނޫނީ ސައްޚަކަމާ މެދު ބަހުސް ކުރަން ހުށަހަޅުއްވައި މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޓެގްކުރައްވާފައިވާ ފަރާތްތަކުން ބޭނުން އަދަދަކަށް މި ބަހުސްގައި ޤާނޫނީ ވަކީލުން ބައިވެރިކުރުމަށް ދައުވަތު ދެއްވާ ކަމަށެވެ. މައުމޫން ވަނީ ބަހުސްގައި އެބޭފުޅާ ހުންނަވާނީ އެކަނި ކަމަށް ވެސް ވިދާޅުވެފައެވެ.
"މިއީ ހަމަހަމަ ބަހުސަކަށް ހެދުމަށް، މިފަޅިން ހުންނާނީ އަޅުގަނޑު އެކަނި"
މި ޓްވީޓްގައި މައުމޫން ހަމީދު ވަނީ ޤާނޫނު އަސާސީގެ 257 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ވެސް ހިމަނުއްވާފައެވެ. ޤާނޫނު އާސާސީގެ 257 ވަނަ މާއްދާއަކީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ނެރޭ ޤަރާރު ރައްޔިތުންގެ މަޖިލިހުން އެންޑޯޒް ކުރަން ޖެހޭނެ ކަމަށް ބުނާ މާއްދާއެވެ.
.@agofficemv @PGO_MV @mvpeoplesmajlis @PoliceMv
Shall we have a public debate on the legality of the #StateOfEmergencyMV decree? Feel free to bring along as many lawyers as you like.
Oh, and just to make it a more even fight, it'll be just me from this side.
cc @Banafsaa pic.twitter.com/cKl68WfQLO
 
ހުޅުވާލެވިފައިވާ ބަހުސަކަށް މައުމޫން ހަމީދު ދެއްވާފައިވާ މި ދައުވަތަށް އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް ރައްދެއް ދީފައެއް ނުވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާނޫނީ ސައްޚަ ކަމާ މެދު ބަހުސް ކުރުމަށް މައުމޫން ހަމީދު ސަރުކާރަށް ދައުވަތު ދީފައިވާއިރު، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ދަނީ ރާއްޖޭގައި މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ޣައިރުޤާނޫނީ ޤަރާރަކުން ރައީސުލްޖުމްހުރިއްޔާ އިޢުލާނު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ބުނަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ