މަކަރާއި ހީލަތުގެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ދ.އަތޮޅުގައި ފަށައިފި

ފުލުހުން އިސްނަގަިގެން ބާއްވާ މަކަރާއި ހީލަތުގެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރިމުގެ ޕްރޮގްރާމެއް ދ. އަތޮޅުގައި ފަށައިފިއެވެ.
ދ. އަތޮޅު ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދ. އަތޮޅުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން އެއަތޮޅުގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެގޮތުން، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި ކޭޝްކާރޑްގެ މަޢުލޫމާތު ހޯދުމާއި، އެކިއެކި ޕްރޮމޯޝަންތަކުގައި ބައިވެރިވެވިފައިވާ ކަމަށްބުނެ ބޮޑެތި ކުންފުނި ތަކުގެ ނަމުގައި އާއްމު ރައްޔިތުންނަށް ގުޅައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމާއި ރީލޯޑް އަދި ރާސްޓަސް ކުރުމުގެ މައްސަލަތައް ހުއްޓުވައި، މިފަދަ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ސިލްސިލާކޮށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި، މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން، ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މިފަދަ ތަފާތު ޕްރޮގްރާމްތައް ހިންގަމުން ދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ