ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން މެންބަރެއްގެ ގޮނޑި ނުގެއްލޭނެ - ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުންކުރުމުގެ ކުރީން ހިނގާފައިވާ އެއްވެސް ކަމަކާ ގުޅިގެން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ އެ ހުކުމް ކުރުމުގެ ކުރިން މާޒީގައި ހިނގާފައިވާ އެއްވެސް ކަމަކަށް އެ ހުކުމުން ތަންފީޒު ކުރުން ހުއްދަވެފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭނެ ކަމަށެވެ.
އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޒިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަ ނުވާނެ ކަމަށް އެ އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމްގައިވާ ގޮތުން މެންބަރުންގެ ގޮނޑި ގެއްލޭނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން އެ މެންބަރަކު އިންތިޚާބުވި ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކާ ގުޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ