ރ އަތޮޅު އަލިފުށިން ކަރަންޓް ކެނޑޭމައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ އެރަށު ރައްޔިތުންގެ ބަޔަކު ނުރުހުން ފާޅުކޮށް އިހްތިޖާޖު ކުރުމަށް ކައުންސިލް އިދާރާ ކައިރިއަށް އެއްވެއްޖެއެވެ.
ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ އަލިފުށިން މިއަދު ހެނދުނު ކަރަންޓް ދިއުމަށްފަހު އަލުން ކަރަންޓް ލިބުނީ ހަވީރު އެވެ. ނަމަވެސް އަނެއްކާވެސް ކަރަންޓްކެނޑި މިރޭ ރަށް އޮތީ ކަނު އަނދިރީ ގައެވެ.
ރަށުން ވާހަކަ ދެއްކި މީހުންބުނީ މިރޭ އަށެއް ޖަހާކަށް ހާއިރު ކަރަންޓް ދިޔަގޮތަށް އަދިވެސް ކަރަންޓް ނުލިބޭކަމަށާއި މިރޭ ކަރަންޓް ލިބޭނެ ކަމުގެ ޔަގީންކަމެއްވެސް ނުލިބޭ ކަމުގައެވެ.
ކަރަންޓް ކެނޑި ހައްލުނުވާ މައްސަލާގައި ކައުންސިލް އިދާރާ ކައިރިއަށް އެއްވެފައިވަނީ އެރަށުގެ ޒުވާނުންގެ ބަޔަކު އިސްކޮށް ތިބެގެންނެވެ. އަލިފުނީގައި ކަރަންޓްގެ ހިދުމަތް ދެނީ ފެނަކައިން ނެވެ.
ކަރަންޓް މައްސަލާގައި އަލިފުށީ ރައްޔިތުން އިހްތިޖާޖު ކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ