ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުން އެލަވަންސްދޭ އުސޫލް ހާމަކޮށްފި

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް އޭޕްރީލް މަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސްއެއް ދޭން ނިންމައި އެކަމުގެ ތަފްސީލް ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްތަކުގެ ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް އޭޕްރީލް މަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސްއެއް ދޭނެ ކަމަށެވެ. 
މަސްނިމޭ ދުވަހު ދިނުމަށް ހަމަޖެހިފައިވާ މި އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށާ އެކަމުގެ ތަފްސީލް ސަރުކާރުން އަދި އާންމު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޑް-19 ޓާސްކް ފޯހުމުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ގާއިމު ކޮށްފައިވާ އެ ޖޮބް ޕޯޓަލްގައި މިހާތަނަށް 723 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 185 މީހުނަކީ ވަޒީފާއިން ކަނޑާލައިގެން ޝަކުވާ ހުށަހަޅާފައިވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި މުހިންމު ހަތް ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސްދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ