ތިނަދޫގައި ކަރަންޓު ނެތި 7 ގަޑިއިރު ފާއިތުވެއްޖެ

ގދ އަތޮޅު ތިނަދޫގެ އިންޖީނުގެއަށް ކުރިމަތިވި ފަންނީ މައްސަލައަކާ ގުޅިގެން އެ ރަށުގައި ކަރަންޓު ނެތި 7 ގަޑިއިރު ފާއިތުވެއްޖެއެވެ. ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުޙައްމަދު ސަޢީދު "ސަން" ނޫހަށް މައުލޫމާތުދެއްވި ގޮތުގައި ތިނަދޫން ކަރަންޓު ކެނޑުނީ ރޭ ފަތިހު 3.15 ހާއިރުއެވެ. ކަރަންޓު ގޮސްފައިވަނީ މުޅި ރަށުންނެވެ. ކަރަންޓު ދިޔަ ސަބަބެއް ކަމުގައި ސަޢީދު ވިދާޅުވީ އޮޓަމެޓިކް މޮޑިއުލްތައް ފޭލުވުމެވެ. އަދި އެ މޮޑުލްތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މޮޑިއުލްތަކުގެ މައްސަލަ ޖެހުމުން ހުރިހާ އިންޖީނުތައް ނިއްވައިލަން ޖެހުނުކަމަށާއި، އިރުއަރަންވާއިރަށް ކަރަންޓު ދިނުމަށް މަސައްކަތްކުރި ނަމަވެސް މޮޑިއުލަތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއާ އެކި ތަންތަނުން ގެންނަން ޖެހުމުން ވަގުތު ނަގަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ ކުރިން 2016 ވަނަ އަހަރުގައި ތިނަދޫ އިންޖީނުގޭގައި ރޯވެ މުޅި އިންޖީނުގެ އެނދުމުގެ ސަބަބުން 5 ދުވަސް އެ ރަށަށް ކަރަންޓު ނުދެވި ދިޔައެވެ. މިފަހަރުވެސް އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގައި ވާހަކަ ފެތުރު ނަމަވެސް އެމްޑީވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ