ސުޕްރީމް ކޯޓްގެ އެސްޖީ ވަކި ކުރާ މައްސަލަ އެޖެންޑާކޮށްފި

ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަގާމުން ވަކިކުރަން އުޅޭ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ނިންމައި އެޖެންޑާކޮށްފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތަަށް ހުަރަސް އަޅައި ޑީޖޭއޭއާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނަ ކަމުގެ އިންޒާރުވ އުއްތަމަ ފަނޑިޔާރު ދެއްވާ ކަމަށް ބަޔާންކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެނ އުއްތަމް ފަނޑިޔާރުގެ ސުލކީ މައްސަައެއް ބަލަން ކޮމިޝަނުން ނިންމާފައި ވަނިކޮށް މި ހަފުތާގައި ސެކްރެޓަރީ ޖެނެރަލް ހުސައިން ފާއިޒު ވަޒީފާއިން ވަކި ކުރަން މަސާއްކަތް ކުރަމުންދާ މައުލޫމާތު ލިބިފައިވާތީ ކޮމިޝަނުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެ ކަން އެޖެންޑާކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ