ސުޕްރީމް ކޯޓުގެ އައު ބެންޗުގެ ފުރަތަމަ މައްސަލަ މިއަދު އޮތް އިރު އެ ބެންޗުން މަސްތުވާތަކެއްޗާއި ގުޅޭގޮތުން މުހުންމު މައްސަލައެއް ނިންމާނެކަމަށް ބެލެވެއެވެ.
އެގޮތުން މިއަދު އެންމެ ފުރަތަމަ ނިންމާ ނިންމުމް ވެގެން ދާނީ ދިފާއީ ވަކީލުންނަން މުހިންމު ނިންމުމަމަށެވެ.
މިއަދު ނިންމުމަގައި ދިރިއުޅޭ ތަނުގައި މަސްތުވާތަކެތި ހުއްޓާ ފެނުމުން، އެތަނުގައި ދިރިނުޅޭ އެހެން މީހަކު އެ ތަކެއްޗާއި ހަވާލުމާއި މެދު ގޮތެއް ނިމުން އެކަށީގެންވާކަމަށް ބައެއް ވަކީލުން ވަނީ ވިދާޅުވެފައެވެ.
"ދިފާޢީ ވަކީލުންނަށް ވަރަށް މުހިންމު ޙުކުމެއް. ކޮޓަރިއަކުން ފެންނަ މަސްތުވާތަކެއްޗަށް އެ ކޮޓަރީގައި އުޅޭ މީހަކު ނޫން އެހެން މީހަކުވާ ޒިންމާނަގައި ވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްތޯ ނޫންތޯއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ބެލެވޭ" ލޯޔަރު އާދަމް ޝަމީމް ވިދާޅުވެފައިވެއެވެ.
ރިސެސްއަށް ފަހު މިއަދު ސުޕްރީމް ކޯޓުގައި ފަށާ ޝަރީއަތްތަކުގެ އަޑުއެހުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާނީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލްއުސްތާދު ހުސްނުއްސުއޫދެވެ.
މަސްތުވާތަކެއްޗާއި ގުޅޭ އެ މައްސަލަ އަކީ 2012 ވަނަ އަހަރު ކޯޓަށް ހުށައަޅާފައިވާ މައްސަލައެކެވެ.
އެމައްސަަލައިގެ އަޑުއެހުން ފަށާފައިވަނީ މިއަދު ހެނދުނު 9:00އަށެވެ.
އެ ކޯޓުގައި ނުނިމި ގިނަ ދުވަސްތަކެއްވެ ނުނިމިހުރި މައްސަލަތަކެއް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ތާވަލުކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުގަ އެވެ.
ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަނު ކުރެވުނީ ނިމުނު އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ކޯޓުގައި އަޑުއެހުމެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވުމަށް ފަހު މާދަމާއަށް ވަނީ ތިން މައްސަލައެއް ތާވަލުކޮށްފަ އެވެ.
ފެށޭ ހަފްތާއަށްވެސް ގިނަ މައްސަލަތަކެއް ވަނީ ތާވަލުކޮށްފަ އެވެ. އޭގެތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅައި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތައްވެސް ހިމެނެ އެވެ. މީގެ 10 އަހަރުކުރީގެ މައްސަލަތަކެއްވެސް ވަނީ ތާވަލުކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނުބަލައި ގިނަ ދުވަސްވާ ކަމަށް ބުނެ ގިނަ ބަޔަކު މީގެ ކުރިން އަބަދުވެސް ޝަކުވާ ކުރެ އެވެ. މީގެ ކުރިން އެ ކޯޓުން އަހަރަކު 10 މައްސަލައަށްވުރެ މަދުންވެސް ބަލާފައި އެބަހުއްޓެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ. މި ބޭފުޅުން ބަދަލުކުރުމާއެކު ސުޕްރީމް ކޯޓުގެ ބެންޗު މުޅިން އެއްކޮށް ވަނީ އައު ވެފައެވެ.
ސުޕްރީމް ކޯޓުގެ އައު ބެންޗުގެ ފުރަތަމަ މައްސަލަ: މަސްތުވާތަކެއްޗާ ގުޅޭ މުހިންމު ނިންމުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ