ހަތަރު ކުއްޖަކު ރައްކާތެރި މާހައުލަކަށް ބަދަލުކުރަން ކުރާ މަސައްކަތަށް ރައްޔިތުން ހުރަސް އަޅަނީ

މެދުރާއްޖެތެރޭގެ ރަށެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ޖެންޑާ މިނިސްޓްރީން މިއަދު ކުރަމުންދާ މަސައްކަތަށް އެރަށުގެ ބައެއް މީހުން ހުރަސް އަޅަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، އެ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރަން މަސައްކަތްކުރަނީ އެކުދިން މިހާރު ދިރިއުޅެމުންދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ކަމުގައިނުވާތީ އާއި އެކަމުގެ ސަބަބުން ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަނިޔާތަކެއް ލިބެމުންދާތީ ކަމަށެވެ.
އެގޮތުން ފުލުހުންނާ ގުޅިގެން ކުރަމުންދާ އެ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސް އަޅަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.
ނަމަވެސް އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރަނީ ކިހިނެތް ވެގެން ކަމެއް ނޭނގެއެވެ. އަދި އެކަމަށް ރައްޔިތުން ހުރަސް އަޅަމުންދަނީ ކީއްވެގެން ކަމެއް ވެސް އެއްވެސް އިދާރާތަކުން އަދި ނުބުނެއެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހަތަރު ކުދިންނަކީ ވެސް އެކުދިންގެ ހާލަތު ޖެންޑާއިން ބަލައި މޮނީޓާކުރަމުން އައި ކުދިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ