ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޒޯން 1 ގެ ޗެމްޕިއަންކަން ށ. ގޮއިދޫ ހޯދައިފި

މިހާރު ކުރިޔަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ 1 ގެ ޗެމްޕިއަންކަން ށ. ގޮއިދޫ ހޯދައިފިއެވެ.
ށ. ގޮއިދޫ ޗެމްޕިއަންކަން ކަށަވަރުކުރީ މިރޭ ކުޅެވުނު ޒޯން ބުރުގެ ފަހު މެޗުގައި މަކުނުދޫއާ ބައްދަލުކުރި މެޗު 5-3 އިން ކާމިޔާބު ކޮށްގެނެވެ. މި މެޗުގައި ގޮއިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް ރިފާޒް، ޙުސައިން ވަހީދު އަދި އިބްރާހިމް ޢަލީގެ އިތުރުން މުހައްމަދު އަހުޝަމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ގޮއިދޫ ޓީމުގެ އިބްރާހިމް ރިފާޒްއެވެ.
މި މެޗުގެ އިތުރުން ޒޯން 1 ގައި މިރޭ ހއ.އިހަވަންދޫއާއި ހދ.ނާވައިދޫ ބައްދަލުކުރި މެޗު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނާވައިދޫއެވެ. މި މެޗުގައި ނާވައިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ހަމީދު، މުހައްމަދު ނާޝިދު އަދި އިސްމާއިލް ވަހީދުއެވެ. އިހަވަންދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް ހާމިދު އަދި ހުސައިން ސަމީރުގެ އިތުރުން އަޙުމަދު ޝައުދްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ހދ.ނާވައިދޫ ޓީމުގެ އިސްމާއިލް ވަހީދުއެވެ.
ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ހދ.ނާވައިދޫ ޓީމުގެ އިސްމާއިލް ވަހީދުއެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ށ.ގޮއިދޫގެ އިބްރާހިމް ރިފާޒްއެވެ.
66 ރަށް ބައިވެރިވި މި މުބާރާތުގެ ޒޯން 1 ގެ ޗެމްޕިއަން ޓީމު ށ.ގޮއިދޫއާއެކު ޒޯން 1 އަކުން ދެން ދެވަނަ ބުރަށް ދަތުރުކުރީ ހދ.ނާވައިދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ