ތެލެސީމިއާއަށް ހާއްސަ ޖަމިއްޔާއެއް އައްޑޫގައި އިފްތިތާހުކޮށްފި

ތެެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ތެލެސީމިއާ ސޮސައިޓީއެއް އިފްތިތާހްކޮށްފިއެވެ. ރޭ އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ ބޮންޑާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި " އައްޑޫ ތެލެސީމިއާ ސޮސައިޓީ" އިފްތިތާހްކޮއްދެއްވީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗެއާޕާސަން ޖީހާން ސަލީމެވެ. އެ ޖަމިއްޔާގެ ފައުންޑާ މެމްބަރު އަމީލާ ވަހީދަކީވެސް ތެެލެސީމިއާ މޭޖާއެކެވެ. "އަޅުގަނޑަކީ ތެލެސީމިއާ ހުންނަ މީހަކަށްވީމަ އެނގޭ ލޭ އެޅުމުގެ އައްޑޫ ހޮސްޕިޓަލްގައި ހުރި ދަތިތައް. ލޭ އެޅުމާއި ލޭ ހޯދުންވެސް އެހާ އުނދަގޫ ދެން ނަރުހުންގެ އިހުލާސްތެރިކަމާ މެދު ބައެއް ފަހަރު ސުވާލު އުފެދޭ." އަމީލާ ވިދާޅުވިއެވެ. https://twitter.com/mvthalsociety/status/1188119761776832513 އަމީލާ ވިދާޅުވީ އެ ޖަމިއްޔާގެ ހަރަކާތްތައް ފެށުމުން ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރަން ޑޮކްޓަރުންނާއި ނަރުހުންނާއި ލޭ ދޭ މީހުންނާއި އާއްމުންނަށް ހާއްސަ ހަރަކާތްތައް ކުރިއަށްގެންދާނެ ކަަމަށެވެ. އައްޑޫ ސިޓީގައި މިހާރުވެސް 30 އެއްހާ ތެލެސީމިއާ ހުންނަ މީހުން އުޅޭނެކަމަށް އަމީލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ